ފެން ސާފުކުރުމާއި، ސާފުތާހިރުކަމުގެ ދާއިރާއަށް ބޭނުންވާ ޕްރޮފެޝަނަލް ވަސީލަތްތައް ފޯރުކޮށްދޭ ކެމްލެބް (CHEMLAB) ގްރޫޕުގެ ފުރަތަމަ ޝޯރޫމް ހުޅުމާލެ ފޭސް 1 ގައި ރަސްމީކޮށް ހުޅުވައިފިއެވެ.


މި އޮގަސްޓު މަހުގެ 10 ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޝޯރޫމް ހުޅުވައިދެއްވީ އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމްއެވެ. މި ޝޯރޫމް ހުޅުވުމުގެ ކުރިންވެސް ކެމްބެލުން އަންނަނީ މި ދާއިރާއިން ޚިދުމަތްދެމުންނެވެ، އަދި ރާއްޖޭގައި ޚިދުމަތްދެމުން އަންނަތާ މިހާރު ވަނީ 5 އަހަރުވެފައެވެ.


ހުޅުމާލެ ނިރޮޅު މަގު (ނަންބަރު 10430) ގައި ހުޅުވި މި ޝޯރޫމަކީ ގޭގޭގައި ބޭނުންކުރާ ފެން ސާފުކުރާ ސިސްޓަމްތަކާ ފިލްޓަރުގެ އިތުރުން ރިސޯޓުތަކާއި ގޭސްޓްހައުސްތަކަށް ބޭނުންވާ ސްވިމިންގ ޕޫލް ކެމިކަލް، އާރު އޯ (RO) ޕްލާންޓް، ވޯޓަރ ޕަމްޕު، އަދި ސާފުކުރުމަށް ބޭނުންވާ ޕްރޮފެޝަނަލް ސާމާނު އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ޚާއްޞަކުރެވިގެން ހުޅުވިފައިވާ ޝޯރޫމެކެވެ.


ކެމްލެބުން ހާމަކުރާ ގޮތުގައި، މި ޝޯރޫމް ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި ތަކެތި ވިއްކުމުގެ ބަދަލުގައި، ފަންނީ އިރުޝާދާއެކު އާންމުންނަށާއި ވިޔަފާރިތަކަށް ބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. އަދި ކުރިއަށް އޮތްތަނުގައި ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ރޭވިފައިވާ ކަމަށާއި، ގިނަ ކަސްޓަމަރުންނަށް މި ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ކެމްލެބުގެ އުއްމީދެއްކަމަށް މަޢުލޫމާތު ދެއްވައެވެ.
 
ކެމްލެބުގެ ޚާއްޞަ ޕްރޮޑަކްޓްސްތަކުގެ ތެރޭގައި ހިމެނޭ ފެންސާފުކުރުމާއި ފިލްޓަރ ކުރުމަށް ބޭނުންކުރާ ސާމާނާއި، ސުވިމިންގ ޕޫލް އަދި ސާފުތާހިރުކަމުގެ ބޭނުންތަކަށް އިތުބާރުހުރި އުފެއްދުންތަކާއި، ޕްރޮފެޝަނަލް ޚިދުމަތްތަކާއި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދީ ކަސްޓަމަރުންނަށް ހިތްހަމަޖެހުން ހޯދައިދިނުމަކީ ކެމްލެބުގެ ކުރިއެރުންކަމުގައި ދެކޭކަމަށްވެސް ކެމްލެބުން ހާމަކުރައްވައެވެ.
 
މި ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ޚާއްޞަ އެއް މަސްދުވަހުގެ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. ފިހާރަ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި، ކޮންމެ ދުވަހަކުވެސް ހެނދުނު 09:30 އިން 12:00 އަށް، މެންދުރުފަހު 13:30 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.